ރާއްޖެއިން ބޭރުން ކާރު އެތެރެކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މީގެ ދެ އަހަރު ކުރިން 50 މިލިއަން ރުފިޔާ ނެގުމަށް ފަހު ފިލާފައިވާ، ގ.ޗާންދަނީޕެލަސް / މުހައްމަދު ޒާޖީ އިސްމާއީލް އަދިވެސް ނުފެނެ އެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ކުރަން ފެށި ތަހުގީގަށް އަދިވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކާރު ގަންނަން ފައިސާ ދެއްކި ގިނަ ބަޔަކު އެއިރު ވަނީ ޒާޖީގެ ފިހާރަކަމަށްވާ "މޯލްޑިވްސް ވޭވް" ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ. އެކަމާ ގުޅިގެން އޭނާގެ ބައްޕަ އިސްމާއިލް ޝުޖާއު ވަނީ އެމީހުންނާ ބައްދަލުކޮށް ބައެއް މީހުންނަށް ސިޓީއެއް ވެސް ހަވާލު ކޮށްފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ޒާޖީގެ ބަލި ހާލަތު ހުރިގޮތުން އެ ފައިސާ އަނބުރާ ދޭނީ ޒާޒީގެ ބައްޕަ ކަމަށާއި 5 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކި މީހުންނަށް އަނބުރާ ދައްކައި ޚަލާސްކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ އިރު އަދި ދެވިފައިވަނީ، މަދު ބަޔަކަށް އެ ފައިސާގެ ކުޑަ މިންވަރެކެވެ.
އަޑުއަރާފައިވާ ގޮތުގައި ޒާޖީގެ ބައްޕަ ޝުޖާއު ވަނީ ގޭންގުތައް މެދުވެރިކޮށް އޭގެ ތެރެއިން ބައެއް މީހުންނަށް ބިރު ދައްކަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޒާޖީ ވަނީ ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް ވެސް އެފަދައިން ޚިޔާނާތްތެރިވެ ލަނޑު ދީފަ އެވެ.
މިކަމާ ގުޅޭގޮތުން "ކުރިއަށް" އަށް މައުލޫމާތު ދިން އެކަކު ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދީ ޚަލާސް ކުރަން ބުނި ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ.
"ކޮންމެ މަހެއް ނިމެންވީމަ އަންގަނީ އަންނަ މަހޭ. މިހެން ކިޔާލަ ކިޔާލަ ތިއްބާ 2025 ވެސް ދެބައިވީމި" އެ މީހާ ބުންޏެވެ.
"އަހަރުމެންނަށް ވެސް އެނގޭ އެ ފައިސާ އަކީ ޒާޖީ ދޭން ޖެހޭ ފައިސާ އެއްކަން. އެކަމަކު ޒާޖީގެ ބައްޕަ ހުރިހާ ޒިންމާއެއް ނަގައިގެން ނިންމަން ހަވާލުވާނީ އެވަރު ގާބިލުކަން ހުރެގެން. ސަޅިބައިސާ ކަނޑާފަ އެހެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތް" އެހެން މީހަކު ބުނެފައިވެ އެވެ.
ކާރު ގަތުމަށްޓަކައި މީހުން ފައިސާ ޖަމާކޮށްފައި ވަނީ ޒާޖީ އިސްމާއީލް ހިންގާ މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނީގެ އެކައުންޓަށެވެ. ޒާޖީ ވަނީ ފައިސާ ނެގުމަށްފަހު 70 ވަރަކަށް މީހުންނަށް ލަނޑުދީފަ އެވެ. އަދި އެ މީހުންނަށް އެއީ ސްކޭމެއްކަން އެނގުނީ ވެސް މިދިޔަ އަހަރުގެ ތެރޭގައި ނޫސްތަކުގައި އެވާހަކަތައް ލިޔަން ފެށުމުން ނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0