މީޑިއާތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހެދި ގާނޫނުގެ ދަށުން އެކުލަވާލާ 'މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ގެ ފުރަތަމަ ދައުރުގެ މެންބަރުން ޔަގީންވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށްފަހު އުފައްދާފައިވާ އާ ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެ އެވެ.
އެއިން ތިން މެންބަރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ މެންބަރުން މިއަދު މަޖިލީހުން ކަނޑައަޅާފައިވެ އެވެ.
މަޖިލީހުން ކަނޑައެޅި ތިން މެންބަރުންނަކީ:
ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ވެސް ހަތަރު މީހެކެވެ. އެހެންވެ އިންތިހާބަކަށް ނުގޮސް އެ މީހުން ހޮވުނެވެ.
މީޑިއާތައް ތަމްސީލްކުރާ ހަތަރު މެންބަރުންނަކީ:
މި ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެ އެވެ. އެހެންވެ މި ތިން އަހަރު މި ސަރުކާރުގެ ބާރު މި ކޮމިޝަނަށް ފޯރުމުގެ ފުރުސަތު އެބަ އޮތެވެ.
މި ބިލު މަޖިލީހުން ފާސްކުރަނީ ވެސް މަޖިލިސް ޗުއްޓީގައި ވަނިކޮށް، މި ކަމާ ދެކޮޅަށް ރާއްޖެއާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން އަޑުއުފުލަމުން ދަނިކޮށެވެ. އަދި ބިލު ބޭރުކޮށްލަން ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
މި ކޮމިޝަނަށް މީޑިއާތަކަށް ފިޔަވަޅު އެޅޭ ގޮތަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. މައްސަލައެއް ބަލަން ފަށަމުން ވެސް ނޫހެއް، ޓީވީއެއް އަދި މީޑިއާއެެއް ހުއްޓުވުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިފައިވެ އެވެ.
50,000 ރުފިޔާއިން ފެށިގެން 200,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބޭނެ އެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2