ހައްޖުވެރިންނަށް ލުއި ގޮތްތައް ފަހިކޮށްދިނުމަށް ސައުދީ އަރަބިއާއިން ހިންގާ "މައްކާ ރޫޓް އިނިޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދުން ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއެކު މިއަދު މަޝްވަރާތައް ފަށައިފި އެވެ.
އިސްލާމީ ވުޒާރާގައި އެކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި އިސްލާމީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އަދި އިމިގްރޭޝަން ކޮންޓްރޯލާ ރިޓަޔާޑް މުހައްމަދު ފަސީހް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް ބޭފުޅުންނާއި، ޙައްޖުވެރިން ދަތުރުކުރާ ފްލައިޓުތައް އިންތިޒާމުކުރާ މޯލްޑިވިއަންއާއި ސަޢުދީ އެއާލައިންގެ އިސް ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ މި ބައްދަލުވުމުގައި ވަޒީރު ޝަހީމް ޚާއްސަ ޕްރެޒެންޓޭޝަނެއް ވަނީ ދެއްވާފަ އެވެ. އަދި ހައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން ވެސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފެއްޓުމަށް ހަމަޖެހިފައިވަނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0