ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އެކުލަވާފައިވާ އިންތިހާބީ ކޮމިޓީގެ ދެ މެންބަރަކު ވަކިކުރަން، އެ ޕްރައިމަރީގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ އާޒިމް އެދިވަޑައިގެންފި އެވެ.
މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރައްވަނީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އާއި މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.
އަލީ އާޒިމަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ފެކްޝަންގެ ބޭފުޅުންނެވެ. އާދަމް އާޒިމަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅުންނެވެ.
އަލީ އާޒިމް ސިޓީއެއް ފޮނުއްވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށެވެ.
އެ ސިޓީގައި އޭނާ އެދިވަޑައިގަތީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހް އާއި ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް މުއިއްޒު ކޮމިޓީން ދުރުކުރުމަށެވެ.
އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ފަލާހަކީ އާދަމް އާޒިމްގެ ކެމްޕެއިނުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އަދި މުއިއްޒަކީ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ ވަޒިފާއި ހުންނެވި ބޭފުޅަކަށް ވާތީވެ، އޭނާ ވެސް ހުންނަވާނީ ވަކި ފަޅިއަކަށް ބުރަވެގެން ކަމަށެވެ.
0%
0%
0%
0%
0%
20 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2