އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި 3 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.
އެ ރޭގެ މުޒާހަރާގައި ފުލުހުންނާ އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން 15 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފަހުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.
އެ މުޒާހަރާގައި ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާ ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ އިތުރުން ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމް އަށެވެ.
This is going to be the reality of the Maldives for the remaining days of this insecure government. With every election the only strategy they have is to intimidate, threaten and harass opponents. pic.twitter.com/d9ORcr47Ic — Fayyaz Ismail (@faya_i) February 27, 2026
އެ 3 މީހުންނަށްވެސް ދައުވާކުރަނީ ޢައިރު ގާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހާއަށް ހުރަސް އެޅުމުގެ ދައުވާއެވެ. ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކުރުމުގެ ތުހުމަތުވެސް ފުލުހުން ވަނީ ކޮށްފަ އެވެ.
0%
0%
0%
0%
0%
4 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2