ރައީސް ނަޝީދު - ފޮޓޯ: މަޖިލީސް
ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިންތާ ހަތަރު އަހަރު ފުރުމާއި ދިމާކޮށް އެ ހަމަލާގެ އަޑީގައިވާ މީހުން ހޯދުމަށް ގޮވާލި ގޮވާލުން ތަކުރާރުކޮށް އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން މި ފަދައިން ގޮވާލާފައިވަނީ ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިންތާ ހަތަރު އަހަރު ފުރުމާއި ދިމާކޮށް އެ ޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ހާދިސާއަށް ހަތަރު އަހަރު ފުރުނުއިރުވެސް އިންސާފު ލިބިފައި ނުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް މިހަމަލާއާ ގުޅިގެން ކުށެއް ސާބިތުކުރެވިފައިނުވާ ކަމަށާއި މި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައިނުވާކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު 25 މާޗް 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް، އެއަށްފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަމަށް ވެސް އެ ޕާޓީ އިން ބުނެފައިވެއެވެ.
މި މައްސަލައިގައި އިންސާފު ގާއިމްނުކުރެވިފައިވާކަމުގެ އަސްލަކީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއްކަމަށް ވީ ނަމަވެސް މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާތީ ކަމަށް ދެކޭތީކަމަށް ވެސް ބުނެފައިވެއެވެ.
"ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ގޮވާލާ ގޮވާލުން އަދިވެސް ތަކުރާރުކުރަމެވެ. އަދި މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލަން" ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.
ކުރީގެ ރައީސް ނަޝީދަށް މި ހަމަލާ ރައްދުކުރުމުގެ ކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިގެންސަށް ލިބިފައިވާކަން އިންކްއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޓެރަރިސްޓް މި ހަމަލާ އެމަނިކުފާނަށް އަމާޒުކޮށްފައިވަނީ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށެވެ.
މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރަންޖެހުނެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0