މަތިވެރި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އައިލެންޑް އެމްވީ
އއ. މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްޤީ ކުރަން ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދަން ގެދޮރުވެރި ވުޒާރާއިން މިއަދު އިއުލާނު ކޮށްފި އެވެ.
އެ ވުޒާރާއިން މިއަދު ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްޤީ ކުރުމަށްޓަކައި ފައިނޭންސް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީއޯއައި) ފޮނުވުމަށެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ، މަތިވެރީގައި އެއާޕޯޓެއް ތަރައްޤީ ކުރަން ފައިނޭންސް ކޮށްދޭން ބޭނުންވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް މި ފުރުސަތު ހުޅުވާލައިފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކްރޮސް ސަބްސިޑީ މޮޑެލްއަށެވެ.
މަޝްރޫއު ހަވާލުކުރާ ފަރާތުން މަޝްރޫއަށް ފައިނޭންސް ހަމަޖެއްސުމުގައި އެކި ކްރޮސް ސަބްސިޑީގެ ދަށުން އެކި މޮޑެލްތައް ވެސް ހުށަހެޅެ އެވެ.
އެ ގޮތުން މަޝްރޫއު ހަވާލުކުރާ އިންވެސްޓަރަކަށް ފެސިލިޓީގެ ކެޕިޓަލް އާއި އޮޕަރޭޝަނަލް ޚަރަދުތައް ބެލެންސް ކުރުމަށް ފައިނޭންޝަލް ފީސިބަލް އެލިމެންޓްތައް ވެސް ހުށަހެޅޭނެ އެވެ.
ކޮންޓްރެކްޓާ ފައިނޭންސިން، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލް، ނުވަތަ ލޯން ފައިނޭންސިން ފަދަ ކަންކަން ވެސް ހުށަހެޅޭނެ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށް އިއުލާނުގައި ވަނީ އަންގާފައެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
17 ޖުލައި 2025
0
25 ޖޫން 2025
0
24 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0