ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު--- ފޮޓޯ: ރައީސް އޮފީސް
އެމްޑީޕީ އެކްޓިވިސްޓް މަރިޔަމް ޒުބައިރު، (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ސާޖިދާ ވަނީ މިކަމާ ގުޅޭގޮތުން އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވާފައެވެ.
އެކްސްގައި ސާޖިދާ ކުރެއްވި ޕޯސްޓްގައި އެއްވެސް މީހަކަށް އެ ފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވެފައިވެއެވެ.
މެޑަމް ސާޖިދާ އިތުރަށް ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކުރެއްވުމަށާއި އިންސާފު ގާއިމް ކުރުމަށް ޖާގަ ދެއްވުމަށެވެ.
ރޭ މިފަދަ ކަމެއް ހިނގައިގެން މި ދިޔައީ، މީގެ ދުވަސްކޮޅެއް ކުރިން އެކްޓިވިސްޓް މަންދީ މުޒާހަރާއެއްގެ ތެރޭގައި ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މަންދީއާ ދެކޮޅަށް މަދަނީ ދައުވާ ކުރުމަށް ނިންމާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމާފުޅު މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާތީ ކަމަށް ވިދާޅުވެ މުޒާހަރާގައި ވާހަކަ ދައްކާފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ސާޖިދާ ވަނީ މަންދީ ދެއްކި ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި ފިރިހެން ދަރިކަލުންނަކީ އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިއުމާލު އަދި ވޭޕް ބޭނުންކުރާ ކުއްޖެއް ނޫން ކަމުގައި ވިދާޅުވެފައެވެ.
މަންދީއަށް ދައުވާ ކުރުމަށް ނިންމެވީ މުސްތަގްބަލުގައި ރައީސްގެ ދެކަނބަލުންގެ ދަރިކަލުންގެ މުސްތަގްބަލަށް އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރު ނުވާ ވަރުގެ ކަންތައްތައް މަގުފަހިވެގެން ދާނެ ފަދަ ފުރުސަތެއް ހުޅުވިގެން ގޮސްފައިވާތީ ކަމަށް ވިދާޅުވެ އެވެ.
މަންދީގެ އިތުރުން އޭނާގެ ވާހަކަތައް ދިފާއު ކުރެއްވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ދެކޮޅަށް ވެސް ދައުވާ ކުރުމަށް ރައީސް މުއިއްޒުގެ އާއިލާއިން ނިންމަވާފައިވެ އެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

4 ދުވަސް ކުރި

17 މާރިޗު 2025
0