ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުޅުމާލެ ހޮސްޕިޓަލުގައި - ފޮޓޯ: ރައީސް އޮފީސް
ރަނގަޅު ފެންވަރުގެ އައިނު އަގު ހެޔޮކޮށް ދިނުމުގެ ގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މިއަދު ދިން އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކޮށްދިނުމަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ.
އެކަން ކުރެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު މި ފެށޭ މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާގެ އެހީގެ ބަދަލުގައި 2000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާސަންދައިގެ އަގަށް ބަދަލު ގެނައުމުން ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނުނެގޭނެ ކަން ކަށަވަރު ކުރުމަށް ބޭނުންވާ ކަމަށެވެ.
އެ ކަމަށް އަޅާ އެއް ފިޔަވަޅަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި އައިނު ހެއްދުމުގެ ޚިދުމަތުގެ ވިޔަފާރި ފެށުމެވެ.
އޭގެ ސަބަބުން ޕްރައިވެޓް ވިޔަފާރިތަކުން ވެސް ކޮލިޓީ ރަނގަޅު އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓާގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލުން,"
"ދެން ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން" ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަކީ އެންމެ އިސްކަންދޭ ދެވަނަ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ. ސިއްހީ ދާއިރާ އަކީ ހުރިހާ ދާއިރާއަކާވެސް ގުޅިލާމެހިފައިވާ ދާއިރާއެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމަށް ބުރަ އުފުލާފައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް ގައުމުގައި ތިބެގެން އެންމެމަތީ ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެގޮތް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.
ނަންބަރު އައިނު ހައްދަން ޖެހޭ މީހުންނަށް އާސަންދައިން މިހާރު ލިބެނީ 1000 ރުފިޔާއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0