ބާސެލޯ ނަސަންދުރަ ހުޅުވުން / ފޮޓޯ: ޕީއެސްއެމް
މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް "ބާސެލޯ ނަސަންދުރަ" ހުޅުވައިފި އެވެ.
މިއީ 16 ބުރިއަށް ޒަމާނީ ގިނަ ޚިދުމަތްތަކާއި އެކު ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްޤީ ކޮށްފައިވާ ހޮޓެލެކެވެ.
ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވައި ދެއްވީ ފަތުރުވެރިކަމުގެ ވަޒީރު ތޯރިގު އިބްރާހިމް އެވެ. އެތަން ހުޅުވުމުގެ ރަސްމީއްޔާތުގައި، ވަޒީރު ތޯރިގުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަށް ވަނީ ނަސަންދުރަ ހުޅުވުމަށް ބޭއްވި ހަފްލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތޯރިގު ވަނީ ނަސަންދުރަ ހޮޓަލަކީ މަލެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނުނު ތާރީހެއް އޮތް ތަނެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ވަޒީރު ވަނީ ބާސެލޯ ގްރޫޕުގެ ފަރާތުން ތަރައްގީކޮށްފައިވާ މި ހޮޓަލަކީ އެތަރީޙު ދަމަހައްޓާތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"މިތަނުގައި ކޮންފަރެންސް ވަސީލަތްތަކަކީ ވެސް ވަރަށް ފުރިހަމައަށް ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ތަރައްގީ ކޮށްފައިވާ ވަސީލަތްތަކެއް. މީގެ ސަބަބުން މައިސް ޓުއަރިޒަމަށް މަގުފަހިވެގެން ދާނެ. އަދި މިއީ ހިޔާލުތައް ބަދަލުކޮށް ގުޅުންތައް ގާއިމް ކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ތޯރިގު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސިނާޢަތެއް ކަމުން، އެ ސިނާޢަތުގެ ކާމިޔާބީތަކުގެ މައްޗަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0