މި އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މި މަހުގެ 24 ވަނަ ދުވަހު ބަހަން ފަށާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވި ޕްރެސްގައި އާދަމް ޝަރީފް ވިދާޅުވީ މި އަހަރުވެސް ސަރުކާރުން ރޯދަ ހަދިޔާ ބަހާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުން ކަމަށެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އަދި ޓޯކަން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާއިރު 11 ފެބްރުވަރީ 2026 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެއްކަމަށާއި، މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ( ވަކި ގޭބިސީއެއްގޮތުގައި) ބަލާފައިވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.
ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަވާނެކަމަށާއި، ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކައުންސިލުތަކުންކަމަށާއި، މާލެ ސަރަޙައްދުގައި (މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ) ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެ ކަމަށް ގާއިމުކުރާ މަރުކަޒުތަކުގައިކަމަށް ވިދާޅުވި އެވެ.
މިގޮތުން މާލެ ސަރަޙައްދުގައި 15 މަރުކަޒެއް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
ހުޅުމާލެ- ފޭސް 1؛
ހުޅުމާލެ ފޭސް 2؛
ވިލިމާލެ؛
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރޯދަހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފުކުރައްވާނެއެވެ. ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލެވޭނީ 22 ގަ އެވެ. މަރުކަޒުތަކުން ރޯދަހަދިޔާ ދޫކުރަން ފަށާނީ 24 ޖަނަވަރީ ގަ އެވެ. 11 ފެބުރުވަރީ 2026 ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2