ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަސްމާލެއިން، މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލުމުގެ އިތުރުން 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި މި އަހަރު ނިމުމުގެ ކުރިން މުހިންމު މަޝްރޫއުތައް ފަށާނެ ކަމަށެވެ.
އެގޮތުން މާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމަންޓުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ތެރެއިން 4،000 ހައުސިން ޔުނިޓު އަޅަން ވެސް މަގުފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާ ލަސްތަކެއް ނުވެ 7،000 އެއްހައި ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށާނެ އެވެ. އަދި އަންނަ އަހަރު، 15،000 ގޯތި ދޭން ހުޅުވައިލާނެ ކަމަށާއި، އެ ގޯތިތައް ދޭނީ މާލޭ ރަށްވެެހިންނަށާއި، މާލޭގައި އުޅޭތާ ދުވަސްވީ މީހުންގެ އިތުރުން ދަފްތަރުގައި ތިބި މީހުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2