މާލޭ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވާދަކުރައްވަން ނިންމައިފި އެވެ.
އަންނަ އަހަރު ބާއްވާން ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އިދިކޮޅު އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު އެކަމަށް ޝައުގުވެރިކަން ހުރި މީހުން ބެލުމަށް އެމްޑީޕީން ކުރި އިއުލާނަށް ހަމައެކަނި އިޖާބާދިނީ ދެ އާޒިމްކަން ވަނީ އެނގިފަ އެވެ.
އަލީ އާޒިމް މިހާތަނަށް އެކަން ރަސްމީކޮށް ފާޅުކޮށްފައެއް ނުވެ އެވެ. އަދި ކެޕްމޭނުވެސް ފަށާފައެއް ނުވެ އެވެ. ނަމަވެސް އާދަމް އާޒިމް ވަނީ މޭޔަރުގެ ދެވަނަ ދައުރަށް ރަސްމީކޮށް ކެމްޕެއިން ރޭ ފައްޓާފަ އެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ ސަރުކާރު ހިންގާ ޕީއެންސީން ނެރުނު ކެނޑިޑޭޓް، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުއާ ވާދަކޮށެވެ. އާޒިމްގެ ކުރިން މޭޔަރުކަމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މޭޔަރުކަމުގެ މަގާމުން މުއިއްޒު އިސްތިއުފާދެއްވީ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުންނެވެ.
މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމް އަކީ މަޖިލީހުގެ ތިން ދައުރުގެ ފުރުއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު ނުތަވަސްކަމުގެ ތެރެއިން އާޒިމް އެމްޑީޕީން ވަކިވެވަޑައިގެންނެވި އެވެ. އެއަށް ފަހު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅުމަށް ފަހު އަލުން އަނބުރާ އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2