މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް އެހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހޯލުގައި ރޭ ކުރިއަށްދިޔަ 2026 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ މާލެސިޓީގެ ހުރިހާ ބިމެއްގެ މައުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ''ޖީއައިއެސް'' މެޕުން މާލެސިޓީގެ ހުރިހާ ބިމެއްގެ މައުލޫމާތު ލިބިގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ ލައިސަންސް މިހާރުވަނީ ހޯދިފައި ކަމަށެވެ.
މީގެ އިތުރުން، މާލެސިޓީގެ ބިންތައް ކުއްޔަށް ދިނުމުގައި ބިމުގެ ބޭސްރޭޓް ނުވަތަ އެންމެ އެކަށޭނެ އަގު ކަނޑައެޅުމަށް ގެންގުޅެވިދާނެ މިންގަނޑެއް އަދި މިކަމާގުޅޭ އުސޫލެއް އެކުލަވާލުމުގެގޮތުން ކުރަމުންދާ މަސައްކަތް މިމަސްތެރޭ ނިމޭނެ ކަމަށް އާޒިމް ވިދާޅު ވިއެވެ.
"މިފަދަ އުސޫލެއް އެކުލަވާލުމުގެ ސަބަބުން އެއްހަމައަކުން ބިންތަން ދޫކުރުމާއި ކައުންސިލަށް އެންމެ ފައިދާކުރާނެގޮތެއްގެ މަތިން ބިންތައް ދޫކުރުން ތަރުތީބުވެގެން ދާނެ." ވިދާޅުވި އެވެ.
ކުރިމަގުގައި މާލެ އޮންނާނެ ގޮތުގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، މާލޭގެ ލޭންޑް ޔޫސް ޕްލޭން، ނުވަތަ "ރީ ތިންކް މާލެ ސްޓްރެޓަޖީ" އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށާއި އަދި މިކަމަށް އާންމުންގެ ހިޔާލުހޯދުމުގެ ގޮތުން 10 ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި އާންމުންގެ ޚިޔާލު ހޯދުމަށް އެދި ގޫގަލް ފޯމެއް ސޯޝަލް މީޑިއާގައިވެސް ވާނީ ހިއްސާކޮށްފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރީ ތިންކް މާލެ ސްޓްރެޓަޖީއަކީ، މާލެ ސިޓީގައި ދިރިއުޅޭ އެންމެން ކޮންމެ ދުވަހަކުހެން ކުރިމަތިލާޏްޖެހޭ ގޮންޖެހުންތަކަށް ހައްލެއް ހޯދުން ކަމަށެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2