މާލެ ހިޔާ އާއި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު އިއްޔެ ބައްދަލުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ޑރ. މުހައްމަދު ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރި އެވެ.
ރައީސް އޮފީހުން ބުނީ ސިނަމާލެ އަދި މާލެހިޔާގެ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސަށް ހުށަހަޅާފަ އެވެ.
އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދިނުން، ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދިނުން ހިމެނެ އެވެ.
އެ އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ އެވެ. އަދި ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މާފުކޮށްދިނުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2