މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ޕެކޭޖު 2 ގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
އެގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކާ، ފެން ހިންދާ ނިޒާމު ޒަމާނީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަނާއެވެ.
މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ގާއިމުކޮށްފައިވާ 16 ޕަމްޕު ސްޓޭޝަން އޮޓޮމޭޓްކުރުމަށްޓަކައި ހަރުކުރަންޖެހޭ އަލާތްތައް ޕަމްޕު ސްޓޭޝަންތަކުގައި ހަރުކުރުމާއި، މި 16 ޕަމްޕު ސްޓޭޝަން މޮނިޓަރކުރުމަށްޓަކާ ސެންޓްރަލައިޒްޑް މޮނިޓަރިންގ ސްޓޭޝަނެއް ގާއިމުކުރުން ހިމެނެ އެވެ.
ސަރުކާރުން ބުނީ އެ މަސައްކަތް ޖަޕާނުގެ ޓެކް އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވަނީ 487 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަކަށް ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރު ހަރަދުވާނެ އެވެ.
0%
0%
0%
0%
0%
1 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2