މާލެ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: މިހާރު
އެއްވެސް ހަމައެއްލަމައެއް ނެތި މާލެ އާއި ވިލިމާލެއިން ބިންތައް ކުއްޔަށް ދީފައިހުރިކަން ހާމަވެއްޖެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ކުއްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ދަފުތަރު އެކުލަވާލައި އެ ދަފުތަރު ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމުގައި ބަޔާންކޮށްފައިވާތީ، ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައިފައިވާ ލިސްޓްތައް ވަނީ އާއްމުކޮށްފަ އެވެ.
އެ ލިސްޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މާލެ އާއި ވިލިމާލެއިން ދޫކުރި ފްލެޓު، ބިން، ލޯކަލް މާރުކޭޓުތަކުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ ތަފްސީލެވެ.
ލިސްޓުން އެނގޭ ގޮތުން މާލެ އަދި ވިލިމާލެއިން ފްލެޓުގެ ގޮތުގައި 162 ތަނެއް ދޫކުރި އެވެ. އެކަމަކު ބައެއް ފްލެޓުތަކުގެ އެއްބަސްވުން ހަދާފައެއް ނުވެ އެވެ.
މާލެ އާއި ވިލިމާލެއިން ދީފައިވާ ބިންތަކަށް ބަލާއިރު 157 ތަނެއް ލިސްޓުކޮށްފައިވެ އެވެ.
އޭގެ ތެރެއިން ބައެއް ތަންތަނަކީ އެއްވެސް ކުއްޔެއް ނުނަގާ ތަންތަނެވެ. އަދި މަސައްކަތެއް ކުރުމުގެ ބަދަލުގެ ގޮތުގައި ދިގު މުއްދަތަކަށް އެތަންތަން ދީފައިވާކަން އެނގިފައިވެ އެވެ.
ކާނިވާ ސަރަހައްދުން ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަން ކުއްޔަށް ދީފައިހުރި އަގުތަކުން އެކަމުގެ ހަމަހަމަކަމާ މެދު ސުވާލު އުފެދެ އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2