ޝަހީދު އަލީ ސްކޫލުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން މަސައްކަތް ކުރާނީ މާލެ އާއި އަތޮޅުތެރޭގައި އެއް ފެންވަރަކަށް ތައުލީމީ ނިޒާމު ބައްޓަން ކުރުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި މި ސަރުކާރުން އަލަށް އިމާރާތްކުރި ޝަހީދު އަލީ ސްކޫލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، އަތޮޅު ތެރޭގެ ރަށްރަށުން މާލެއަށް ކިޔަވަން އަންނަ އަދަދު މި އަހަރު އެކަނި ބެލިޔަސް ގިނަ ކަމަށެވެ. އެގޮތުން މި އަހަރު 1،500 ދަރިވަރުން ރަށްރަށުން މާލެ ބަދަލުވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އަދަދުތަކުން ހާމަވަނީ ރަށްރަށުގައި މާލެއާ އެއް ފެންވަރަށް ތައުލީމީ ފެންވަރު ނެތް ކަމަށެވެ.
"1،500 އަށް ވުރެ ގިނަ ކުދިން، އޭގެ މާނައަކީ 5،000 އަށް ވުރެ ގިނަ ފަރާތްތައް މިވަނީ ރަށްރަށުން މާލެ ބަދަލުވެފައި ސްކޫލުތަކަށް ކުދިން ވައްދަން. އެގެ މާނައަކީ ރަށްރަށުގައި ނެތިއްޔޭ އަދިވެސް މާލޭގައި މި ހުންނަ ފެންވަރަށް ތައުލީމީ ފެންވަރު ގާއިމް ކުރެވިފައި.. އެހެންވީމާ ވަށާޖެހޭ ގޮތެއްގައި ތަރައްގީ އެއްވަރަކަށް ބަހާލުމަށް އަޅުގަނޑުމެންގެ މަސައްކަތް ތަރުތީބު ކުރެވިގެން ހިނގަން ފަށާފައި މި އޮތީ." ރައީސް ވިދާޅުވި އެވެ.
President Dr @MMuizzu attends the opening ceremony of Shaheed Ali School in Hulhumalé Phase II. The new school features 54 air-conditioned classrooms, a multipurpose hall, and modern facilities — significantly expanding educational access for Hulhumalé residents. pic.twitter.com/fcaFW6zz1j — The President's Office (@presidencymv) January 27, 2026
ރައީސް ވަނީ ހުރިހާ ދަރިވަރުންނަކީ ވެސް ފަސްތިސްނަމާދުން ދުވަސް ފަށާ ކުދިންނަށް ވާން އިލްތިމާސް ކުރައްވާފަ އެވެ.
ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ދިރާސީ އައު އަހަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ތައްޔާރުވެފައިވާއިރު 218 ސްކޫލެއްގައި 70,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފެށި ސްކޫލްތަކުން ހޫނު މަރުހަބާއެއް ދަރިވަރުންނަށް ކިޔާފައިވެ އެވެ.
މި ދިރާސީ އައު އަހަރަށް ގްރޭޑް އެކަކަށް 4790 ދަރިވަރުން ވައްދާފައިވާއިރު މީގެ ތެރެއިން މާލޭ ސަރަހައްދުގެ ސްކޫލަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުންނަށް ޖާގަދީފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރަށް އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރުންނަށް ޖާގަދިނުމަށް އެދުނު ކަމަށާއި، އަދި މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ޖުމްލަ 836 ދަރިވަރުން ބަދަލުވާން އެދުނު ކަމަށެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2