ރައީސް އޮފީސް-- ފޮޓޯ: ދަ ޕްރެސް
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑްގެ ނަމުގައި އައު އިދާރާއެއް އުފައްދައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުން ނޫސްބަޔާނުގައި ބުނީ މިއަދު މި އިދާރާ އުފައްދާފައިވާއިރު، މީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އިދާރާއެއްކަމަށެވެ.
މި އިދާރާ އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސަށް ލިބިފައިވާ އިހުތިޔާރުގެ ދަށުންނެވެ. އަދި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގު ކުރުމަށް ހާއްސަ އިދާރާއެއް ކޮންމެހެން ހުންނަންޖެހޭނެކަމަށް ރައީސަށް ފެނިވަޑައިގަންނާތީކަމަށް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި:
ހާދިސާތަކާއި އެކްސިޑެންޓްތައް ހިނގަން މެދުވެރި ސަބަބުތައް ދެނެގަނެ ތަހުގީގުކުރުން.
ހާދިސާތަކާއި، އެކްސިޑެންޓްތަކުގެ ތަހުގީގުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކޮށް ކަމާއިބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެމަތުމަށް ދިރާސާތަކާއި ތަހުލީލުކުރުން.
މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީތަކުގައި ނަމްބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭޕްޓީ ބޯޑަށް ލިއުއްވާ ސިޓީގައި ޖަހަންޖެހޭ ނަމްބަރަކީ 501ކަމަށް ރައީސް އޮފީހުން ބުންޏެވެ.
0%
0%
0%
0%
0%
16 މިނަޓް ކުރި
0
4 ދުވަސް ކުރި
0
4 ދުވަސް ކުރި
0
10 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0