ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ބޮޑު ބަހުސެއް ކުރެވެން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގެ ބޭނުމަކީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމެވެ.
އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވާއިރު ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އެ ބިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރެއްވިޔަސް ސިޔާސީ ބައެއް ބޭފުޅުން އެކަމުގައި ހިޔާލުތަފާތެވެ.
Riyaasee inthikhaabaai Majlis inthikhaab ekeega beyhvun e ee rangalhu gothehkamugai alhugandu dheken. — Mohamed Nasheed (@MohamedNasheed) January 4, 2026
އެ ބިލު މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާއިރު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް. ވޯޓާ ގުޅުންހުރި ކަންކަމުގައި ހަރަދު ކުޑަކުރަން، ރިޔާސީ އިންތިހާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެނޭ. އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއް'' ފައްޔާޒު ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި. އެހެން ނަމަވެސް ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން. ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ… https://t.co/AuDPVGHUeT — Fayyaz Ismail (@faya_i) January 4, 2026
އެ މައުޝޫގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެކަމުން ނަތީޖާ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން އެކަމަށް އަތް ޖެހި ނަމަވެސް އެ ބަދަލު ގެނައުމުގެ ހިކުމަތެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށެވެ.
ޔާމީން ވިދާޅުވާ ގޮތުގައި ރައީސް ހޮވުމަށް ފަހު ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިހަބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަކަށް ބަލައި އެ ޕާޓީއަކަށް ވޯޓު ދޭން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިހާބާ އެއްކޮށްލުމުގައި އަޅުގަނޑަށް ހަމަ ބޮޑެތި ގޯސްތައް ފެނޭ" ޔާމީން ވިދާޅުވި އެވެ.
0%
0%
0%
0%
0%
9 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2