ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް ރޭ ފުރާވަޑައިގެންފިއެވެ.
މަޖިލީހުން ބުނި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރަކީ ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ. އަދި އެ މަނިކުފާނު ވަޑައިގެންނެވީ ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ހައިސިއްޔަތުންނެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ބުނެފައިވެއެވެ.
މި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު މި އަހަރުތެރޭގައި ބަދަލުވާތީ އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
1911 ވަނަ އަހަރު އުފެދުނު ސީޕީއޭ މިހާތަނަށް ހިންގަމުންގެންގޮސްފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުގައެވެ.
ނަމަވެސް، 18 ޑިސެންބަރު 2024 ގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، މި އަހަރު ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޝާހީ ރުހުންދެއްވި ޤާނޫނަކުން، ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު ބައިނަލްއަޤްވާމީ ޖަމާޢަތަކަށްވަނީ ބަދަލުކޮށްފައެވެ.
އަދި، މި ހައިސިއްޔަތުން ޤާނޫނީ ބާރު ލިބިދޭ އިތުރު ޤާނޫނެއް މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. މި ޤާނޫނު ފާސްކުރެއްވުމަށް ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ.ގެ ޢާންމު މަޖިލިސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޙަރަކާތުގެ ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0