މާވިން ކޯޓުގައި -
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި ކަމަށް ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އިސްލާމް ދީން ގަބޫލުކޮށްފި އެވެ.
މި މައްސަލާގައި މާވިންގެ އިތުރުން ދައުވާކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ތުހުމަތުކުރާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މާވިންގެ މައްޗަށް މަރާލުމުގެ ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ މާވިން އިސްލާމްވިކަން އަންގައި އިސްލާމިކް މިނިސްޓްރީން ކޯޓަށް އަންގާފައިވާ ކަމަށެވެ.
މާވިން އިސްލާމް ވުމުން އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބާ މެދު ދައުލަތުން ދެކޭ ގޮތެއް ވެސް ގާޒީ ސުވާލުކުރެއްވި އެވެ. ދައުލަތުން އެދުނީ އެ ކަމާ މަޝްވަރާކޮށް ގޮތެއް ނިންމަން ފުރުސަތެއް ދިނުމަށެވެ.
އެ ގޮތަށް ފުރުސަތު ދޭން ނިންމި އެވެ.
މި މައްސަލާގައި މިހާރު ދެން އޮތީ ހުލާސާ ބަޔާން އިއްވުމާއި ހުކުމްކުރުމެވެ. ހުލާސާ ބަޔާން އިއްވަން އަންނަ މަހަށް އަޑުއެހުމެއް ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މޭރީ އާއި މާވިން އަދި ލަމްހާ ވެސް މަސައްކަތް ކުރަމުން ދިޔައީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގަ އެވެ. މޭރީ އަމިއްލައަށް މަރުވީ ކަމަށް މާވިން ފުރަތަމަ ރިޕޯޓްކުރި ނަމަވެސް މޭރީ މަރުވީ އޭނާގެ ބޮލަށާއި ކަރަށް ހަމަލާ ދީ، ނޭވާ ހާސް ކޮށްލައިގެން ކަން އޮޓޮޕްސީ ރިޕޯޓުން ދެއްކި އެވެ. މާވިން އާއި ލަމްހާއަށް ތުހުމަތުކުރެވި ތަހުގީގު ހިންގައި ދައުވާކުރީ އެ ރިޕޯޓްގެ މައްޗަށް ވެސް ބިނާކޮށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2