މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ހެދުމަށް ހަވާލުކުރަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އއ. މާޅޮހުގައި މިސްކިތެއް ހެދުމަށް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އާރްޑީސީއާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުން މިހާރު މިސްކިތްތައް ހަދަަމުން އަންނަނީ އެ ތަންތަނަކީ އެތަނެއްގައި އިސްލާމީ އިލްމު ފެތުރުމަށާއި ކީރިތި ގުރުއާން ކިޔެވޭނެ ގޮތަކަ ފަރުމާކޮށްގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ހަދާ މިސްކިތްތަކުގައި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ކޯސްތައް ހިންގޭނެ އިންތިޒާމްތައްވެސް ގާއިމްވެގެން ދިއުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިހެން ތަރައްގީކުރާ މިސްކިތްތަކުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ހިންގޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން. މާޅޮހުގެ މިސްކިތުގައިވެސް ކީރިތި ގުރުއާން ކިޔެވޭނެ ކުލާސްރޫމަކާ އެކު ކުޑަ ލައިބްރަރީއަކާވެސްއެކު." މިނިސްޓަރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އާރްޑީސީގެ އެމްޑީ ޒުހައިރު ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭގައިމާޅޮހުގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ދޮޅު އަހަރެއްހާ ދުވަސްތެރޭ މަސައްކަތް ނިންމާ ހަވާލުކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މާޅޮހުގައި ހަދާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0