ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ނިންމައިފިއެވެ.
މިއަދު އައިލެންޑް އޭވިއޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނީ އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދާކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓް ފައިނޭންސިންގް ޕްރޮޖެކްޓެއްގެ ގޮތުގައިކަމަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ޓާމިނަލަށް އިތުރު ކުރަން ނިންމާފައިވަނީ 900 އަކަފޫޓު ކަމަށާއި، އިމާރާތް ތަރައްގީ ކުރާނީ ދެ ފަންގިފިލާ އަކަށް ކަމަށް އިއުލާނުގައި ވެއެވެ. އަދި ޒަމާނީ ފެންވަރުގެ ހިދުމަތްތައްވެސް އެކުލަވާލައިގެން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އިއުލާނުގައިވެއެވެ.
މި މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިކަމަށް ހުށައެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައެވެ.
މިކަމަށް އެދި ހުށައެޅުމަށް އައިލެންޑް އޭވިއޭޝަނުން ލިބިލައްވާ ރަޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު މި މަހުގެ 17 ވަނަ ދުވަހުގެ 23:59ގެ ކުރިން ހުށައެޅުމަށް އިއުލާނުގައިވެއެވެ. ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށްވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އިއުލާނުގައިވެއެވެ. މިމަހު 17 ވަނަ ދުވަހު ރަޖިސްޓަރ ވުމަށްފަހު އެފަރާތްތަކަށް މަސައްކަތުގެ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އެއްގެ ނިޔަލަށް އޮންނާނެ ކަމަށް އިއުލާނުގައިވެއެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށައަޅުއްވާ ފަރާތަކުގެ ތެރެއިން ކާމިޔާބުކުރާ ފަރާތަކާއެކު ސޮއިކުރުން ހަމަޖެހިފައިވަނީ އަންނަމަހު 25 ގައެވެ.
މާފަރު އިންޓަނޭޝަލް އެއާޕޯޓް އަކީ 925 މިލިއަން ރުފިޔާ ރަހަދުކޮށްގެން އަބޫދާބީން ފަންޑުކުރި މަޝްރޫއެކެވެ. އަދި އޭގެ ފަހުން އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު މިދިޔަ އަހަރު އޮކްޓޯބަރުމަހު އަލުން ދަތުރުތައް ފެށިއެވެ. އަލުން ދަތުރުތައް ފެށިއިރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ 650 މީޓަރުގެ ރަންވޭއެއް އިތުރުކޮށްފައެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0