މާފަރު އެއާޕޯޓްގެ ރަންވޭއަށް ވައިޑްބޮޑީ މަތިންދާބޯޓެއް ޖައްސަނީ - ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިން 777 ގެ ބޯޓެއް ޖައްސައިފިއެވެ.
ސަރުކާރުން ބުނީ މި ބޯޓު ޖެއްސީ އެ އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއްގެ ތެރެއިން ކަމަށެވެ. މި ސެޓްފިކޭޝަން ޕްރޮސެސް އަކީ އެ އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ޤާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މި ސެޓްފިކޭޝަން ޕްރޮސެސްގައި ރަންވޭގެ ގާބިލުކަން ޓެސްޓުކުރުމާއި، ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއަރ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެއެވެ.
އެ އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި އަޕްގްރޭޑްތަކެއް ގެނައެވެ. އެގޮތުން 2.2 ކިލޯމީޓަރުގެ ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 13 ޖެޓުގެ ބަދަލުގައި 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.
މާފަރު އެއާޕޯޓު ބައިނަލްއަގުވާމީ ފްލައިޓްތަކުގެ އޮޕަރޭޝަންތައް ހުޅުވުނީ 2019 ވަނަ އަހަރުގައެވެ. ނަމަވެސް އެ ހިދުމަތް ވަނީ މިދިޔަ އަހަރުގެ މެއި މަހު ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ސަރުކާރުން ބުނީ މާފަރު އެއާޕޯޓުގައި ބޮއިން 777 ގެ ބޯޓަށް ދަތުރު ކުރަން ފެށުން ވެގެންދާނީ ރާއްޖޭގެ އޭވިއޭޝަން ވިއުގައިގައި މާފަރު އެއަރޕޯޓުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
މި ތަރައްގީއާއެކު ބައިނަލްއަގްވާމީ ފަތުރުވެރިންނަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު މަދުވެ، ދަތުރުފަތުރު ފަސޭހަވެގެންދާނެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0