10 އެޕްރީލު 2025
ކ. މާފުށީ ވައިޖެހޭގޭ މުހައްމަދު ލުތުފީގެ ކިއްސަރު ވަޑާމާއި ތެދުއި ވަޑާންވެސް ކުރި ވަޑިއެކެވެ. ލުތުފީގެ ބައްޕައަކީވެސް ތެދުއި ވަޑާމާއި ކިއްސަރު ވަޑާމުގެ މޭސްތިރިއެކެވެ. މަންމައަކީވެސް ތަފާތު އެއްޗެހި އުފައްދައި އުޅުނު ހުނަރުވެރިއެވެ. އާއިލީ ގޮތުން ވާރުތަވަމުން އައިސްފައިވާ ވަޑާމުގެ ހުނަރު ލުތުފީއަށްވެސް މި ވަނީ ވާރުތަވެފައެވެ. ފޮތަކުން ދަސްނުކޮށް، އަމިއްލައަށް ކަންކަން ކުރާތަންފެނި ވަޑާމުގެ މަސައްކަތާއި ކްރާފްޓިން އޭނާއަށް ދަސްވީއެވެ. ލުތުފީގެ ހުނަރު، މިއަދު މާފުއްޓާއި މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުންވެސް ފެންނަން އެބަހުއްޓެވެ.
ރަސްމީ ވަޒީފާއެއްގެ ގޮތުން، އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް ލުތުފީ އަދި ނުފަށައެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް އަބަދުވެސް ދަރިންނާއެކު އޭނާ ކުރެއެވެ. އެކަމުގެ ޕްލޭންތައް މިހާރުވެސް ލުތުފީ ގެންގުޅެއެވެ.
ލުތުފީ ކިޔައިދިން ގޮތުގައި، މިހާތަނަށް ރަސްމީ މަސައްކަތެއްގެ ގޮތުގައި އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް ނުފެށި އޮތް މައިގަނޑު ސަބަބަކީ، ސަރުކާރުގެ ވަޒީފާތަކާއި އަމިއްލަ ބައެއް ވަޒީފާތަކުގައި އުޅެން ޖެހުމެވެ. އެގޮތުން އުމުރުން އެންމެ 15 އަހަރުގައި މާފުށީ މަސް ފިހާރައިގެ ކާތިބުކަމުން ވަޒީފާގެ ދުނިޔެއަށް ނުކުމެ، ލުތުފީ ވަނީ، އެ ތަނުގެ އެސިސްޓެންޓް މެނޭޖަރުކަމާއި އެތަން ހިންގުމާއި މާފުށީ އޮފީހުގެ އިތުރުން މާފުށީގެ ކައުންސިލަރުކަންވެސް ކޮށްފައެވެ. އެންމެ ފަހުން އޭނާ އަދާކޮށްފައިވަނީ މާފުށީ ހެލްތު ސެންޓަރުގައި ސިޔާސީ މަގާމެކެވެ.
ލުތުފީގެ އިންޓީރިއާ ޑިޒައިނިންގެ ފުރަތަމަ މަސައްކަތަކީ، މާފުށީ ކާނި ވިލެޖުގައި ކުރި މަސައްކަތެވެ. އެއީ އޭނާ ފުރަތަމަ އެ މަސައްކަތްކުރުމަށް ގަލެއްގައި އަތްލި ދުވަހެވެ.
"މާފުށީގައި ކާނި ވިލެޖުގައި ސިލިކޯނު ގަލުން ކަނޑައިގެން ހެދިން ދޫނިތަކެއް މާކަނާތަކެއް. އަށް ފޫޓު އަށް ފޫޓުގެ ގަލުން ހަދާފައި ހުންނާނީ. އެއީ އެތަނުގެ އޯނަރުން ބޭނުންވީ ހިރިގަލުން ހަދާފައި ހުންނަ ގޮތަށް ހަދަން. ދެން އެތަނުގައި ޕުޓީންނާއި ގަލުން އެއްކޮށްގެން ކުރެހުމެއްވެސް. ދެން ސަން ޓަން ބީޗް ހޮޓެލް ކިޔާ ހޮޓަލެއް އިންނާނެ ކުރީގައި ކާނި ވިލެޖުގެ ޖެހިގެން އަތިރިއަށް. ދެން އެތަނުގައިވެސް ހެދިން އަންޑަވޯޓާ މަންޒަރެއް ދެން އެއާއެކުގައިވެސް އަޅުގަނޑުމެން ކުރާ މަސައްކަތެއް އެއީ އެތަނުގެ ސީލިންގަކަސް ދެން އެތަނުގެ ލޯގޯއާއި އެއްޗެހި ޕުޓީން ހަދާފައި ދެން އެކަން ކޮށްދީފައި ހުންނާނެ އެެރީނާ ބީޗުގައިވެސް" ލުތުފީ ބުންޏެވެ.
ލުތުފީ ބުނި ގޮތުގައި އިންޓީރިއާ ޑިޒައިނިންގެ މަސައްކަތެއް ކުރުމަށް ދެ މަހެއްވަރު ނަގައެވެ. ބައެއް ފަހަރު މަސް ދުވަހުވެސް ނިމޭއިރު، ބޮޑެތި މަސައްކަތްތައް ވަގުތު ދީގެން ކުރާއިރު ހައެއްކަ މަސް ނަގައެވެ. އޭގެ އެއް މިސާލަކީ، މިހާރު މާލޭގައި ހުންނަ ޗައިނާ ގާޑެން ރެސްޓޯރެންޓުން އެ ފެންނަ ކްރާފްޓިންގެ ރީތި މަސައްކަތްތަކެވެ. އެއީ ލުތުފީގެ ހުނަރުވެރި އަތުން ހަނދާފައިވާ ރީތި ޑިޒައިންތަކެވެ.
ލުތުފީ ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި އުފެއްދުންތެރި މީހުންނާއި ހުނަރުވެރީން ގިނައެވެ. ނަމަވެސް ނެތީ، އެ މީހުން ލައްވައި މަސައްކަތް ކުރުވާނެ ބައެކެވެ. ޒިންމާ ނަގާނެ ބައެކެވެ. އެއީ ސަރުކާރުންވިޔަސް އަމިއްލަ ކުންފުންޏަކުންވިޔަސް އަމިއްލަ ފަރުދެއްވިޔަސް އެކަން އޮތީ އެހެންނެވެ. ލުތުފީ ގަބޫލުކުރަނީ ރާއްޖޭގެ ހުނަރުވެރިން ލައްވައި މަސައްކަތް ކުރުވައިފިނަމަ ރާއްޖެއިން ބޭރުން އެ ހިދުމަތް އެތެރެކުރަން ނުޖެހި ދިވެހީން ލައްވައި އެކަންކަން ކުރެވޭނެ ކަމަށެވެ. އެއީ އާމްދަނީގެ ގޮތުންވެސް ރަނގަޅު ކަމަކަށްވެފައި ދިވެހީންގެ އުފެއްދުންތެރިކަން އެކަމުން ފެންނާނެތީއެވެ.
"ރާއްޖޭގައި ނެތްކަމަކީ މިއެއް ނޫންތޯ؟ އުފެއްދުންތެރިކަން. ހުރިހާ އެއްޗެއް އަޅުގަނޑުމެން ބޭރުން މި ގެންނަނީ. އުފެއްދުންތެރިކަމަކީ ކޮންމެ ގައުމެއްގައިވެސް އެބައެއްގެ އަސްލުވަންތަކަން ދޭހަކޮށްދޭ ކަމެއް. އެ ބައެއްގެ އަތުން އެބައެއްގެ އެއްޗެއް ރަނގަޅަށް ނެރެދެވޭނީ. އެހެންވީމާ އޭގެ އަގު ހުންނާނެ ބޭރުން ގެންނަ އެއްޗެއްސަށްވުރެ މާ ރަނގަޅަށްވެސް" ލުތުފީ އޭނާގެ ތަޖުރިބާއާއެކު ބުންޏެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0