ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ކުރިއަށް ކެމެރާ: މުހައްމަދު ނާއިލް
ލޯންޗަކުން ޖެހި މީހެއްގެ އަތް ބުރިވި މައްސަލައިގައި އަދި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މި ހާދިސާ ހިނގީ ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރިންނެވެ. ފުލުހުން ބުނީ ހާދިސާގައި އަނިޔާވީ ބަންގްލަދޭޝް އަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކަށެވެ.
މި ހާދިސާގައި އޭނާގެ ކަނާއަތު ގެ އުޅަބޮއްޓާ ހިސާބުން ބުރިވެ ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގަށް އެ ލޯންޗުގެ ކެޕްޓަން ހިމެނޭ ހެން ގިނަ އަދަދެއްގެ ބަޔަކާ ސުވާލު ކުރެވި ބަޔާން ނަގާފައިވާ ކަމަށެވެ. އަދި މިކަން ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވާ ކމަށާއި ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ތަހުގީގު ގައި މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހެއްކަށް ބަލައި މި މައްސަލައިގައި މިހާތަނަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ބުންޏެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0