ރައީސް ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފިސް
ލޯން ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ތިން ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭންކް ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެކަމަށެވެ. އަދި މި މަސައްކަތް މިހާރުވެސް ވަނީ ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ހޯދުމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވާނީ ރާއްޖޭގެ ބާޒާރަށްވެސް އެކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށެވެ. އަދި އެ ދަރިވަރުންނަށް ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެކަމަށާއި، އެ ފައިސާ ބޭނުންކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވާ ގައުމެއްގައިކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ލިވަޕޫލަށް މިފަހުން ރައީސް ކުރެއްވި ދަތުރުފުޅުގައިވެސް އެމަނިކުފާނުވަނީ އެގައުމުގެ ކިޔަވާ ކުދިންނާއި ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި އެ ގައުމުތަކުގެ ކިޔަވާ ކުދިންނަާއި ބައްދަލުކޮށް އެދަރިވަރުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ގެންދަވަނީ އައްސަވަމުންނެވެ.
މިގޮތުން 1600 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ރާއްޖެއިން ބޭރުގައި ކިޔެވުން ހާސިލްކުރަމުންދާއިރު މި ސަރުކާރުން އަންނަނީ އެކުދިންނަށް ދޭންޖެހޭ އެހީތެރިކަން ހޯދައި އެކަން ހައްލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0