ޅަފަތުގައިޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންތައް ފުރިހަމަކުރަންޖެހޭ: މިނިސްޓަރު

Lhafathugai jehey balithakun rakkaatherivumah vaccinethah furihamakuranjehey: Minister

ހަބަރު

ޅަފަތުގައި ޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންތައް ފުރިހަމަކުރަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ޚިތޯބުގައި ވިދާޅުވެފަވަނީ ވެކްސިންތައް ފަރުވާތެރިކަމާއިއެކު ތާވަލާއި އެއްގޮތަށް ފުރިހަމަކުރަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވެފައިވަނީ ކުޑަކުދިންގެ ނިއުޓްރިޖަން ހާލަތު މިއަށްވުރެން ރަނގަޅުކުރުމަށް ސިއްހީ ހިދުމަތްތެރިންނާއި، މައިންބަފައިން އަހުލުވެރިކުރުން މުހިންމު ކަމަށެވެ. އޭގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރަން ހަޔާތުގެ ފުރަތަމަ 1،000 ދުވަހަށް އަމާޒުކޮށްގެން "ސޯޝަލް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ"ގެ ނަމުގައި ސިޔާސަތެއް ތަންފީޒުކުރުމަށްވެސް ސަރުކާރުން ނިންމާފައިކަމަށެވެ.

މި ސްޓްރެޓަޖީގެ ދަށުން "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ އާއި ރެސިޕީ" ތަކުގެ މައުލޫމާތު ބޭނުންކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ މި ސަރަހައްދުގައި އެންމެ ގިނައިން އެއް އަހަރުން ދަށުގެ ތުއްތު ކުދިންނާއި، ވިހެއުމުގެ ތެރޭގައި ތުއްތު ކުދިން މަރުވާ އަދަދު އެންމެ ގިނަ ގައުމު ގޮތުގައި ކަމަށާއި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދުވެސް އެންމެ ގިނަ ގައުމުގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެހެންކަމުން މައިންނާއި ތުއްތު ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް މިއަށްވުރެން ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މިހާތަނަށް މައިންނާއި، ތުއްތު ކުދިންގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ މަށްޗަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ކުރިން ތުއްތު ކުދިންނަށް އާންމުކޮށް ދިމާވި ބަލިތަކު ތެރެއިން ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ ރާއްޖެއިން ކާމިޔާބުކަމާއި އެކު ނައްތާލުމުގެ މަސައްކަތް މިނިސްޓަރ ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުންވެސް ވިހެއުމުގެ ތެރޭގައި ކުއްޖާއަށް ޖެހޭ ޓެޓްނަސް(ނިއޯނޭޓަލް ޓެޓަނަސް) އަދި ވެކްސިން ދީގެން ރައްކާތެރިކުރެވޭ ބަލިތަކުގެ ތެރެއިން ހިމަބިހި(މީސަލްސް) ރާއްޖެއިން ނައްތާލެވިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. 

މިނިސްޓަރު ވާހަކައިގައި ރާއްޖެއަކީ މައިމީގެ ފަރާތުން ތުއްތު ކުއްޖާއަށް ޖެހޭ އެޗްއައިވީ އަދި ސިފިލިސް ވާސިލުވުންވެސް ހުއްޓިފައި އޮތް ގައުމުތަކުގެ ތެރެއިން ޑަބްލިއު.އެޗް.އޯ އިން ކަނޑަ އަޅާފައި އޮތް ގައުމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުންވެސް ރުބެއްލާ އާއި ހެޕަޓައިޓިސް-ބީ ޖެހުން މުޅިން ކޮންޓްރޯލް ކުރެވިފައި އޮތް ގައުމެއް ގޮތުގައިވެސް ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ ގައުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމަ އެއާއިއެކު ރާއްޖޭގައި މާބަނޑުވުމުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތުގެ އަދަދު 98%އަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.    

މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗ" މި ޝިއާރެވެ. މި ޝިއާރުގެ ދަށުން ދަރިމައިވުމަށްޓަކައި ދެމަފިރިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަަރު ވިދާޅުވެފައިވެއެވެ.    

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

Fannuveri visnunthakaaeku ‘Kuriah’  launchkohfi

ފަންނުވެރި ވިސްނުންތަކާއެކު 'ކުރިއަށް' ލޯންޗުކޮށްފި

1

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0