ސްރީ ލަންކާއަށް އެރި ތޫފާނުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތަށް ލަންކާގެ ރައްޔިތުން ތައުރީފްކޮށްފި އެވެ.
ލަންކާ އަށް އެހީވުމަށް "ސިލޯނާ އެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭނުގެ ވާހަކަތައް ލަންކާގެ ނޫސްތަކުންވެސް ގެނެސްދެމުން އަންނައިރު، ލަންކާ މީހަކު ފޭސްބުކް ގައި ވަނީ ދިވެހިން ލަންކާ އަށް އެހީވާން ކުރަމުންދާ މަސައްކަތަށް ޝުކުރާ ތައުރީގް ބަންޑުންކޮށްލާފަ އެވެ. އޭނާ ބުނީ ދިވެހިންނަށް އެހީތެރިކަމެއް ބޭނުންވާ ދުވަހަކު ދިވެހިންގެ ހައްގުގައި ނުކުންނާނެ ކަމަށެވެ.
"ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ދުވަހެއް އައިސްފިނަމަ އަހަރެމެންނަށް ލިބިފައިވާ ހުރިހާ އެއްޗެއް އެ މީހުންނަށްދީ،" އެތައް ބަޔަކު ޝެއާކޮށްފައިވާ ޕޯސްޓުގައި އެ މީހާ ބުންޏެވެ.
އެ މީހާގެ ޕޯސްޓުގައި ބުނީ ދިވެހިންގެ އެއް ދުވަހުގެ މުސާރަވެސް އެ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެއީ ލަންކާގެ ގިނަ މީހުންގެ އެއް މަހުގެ މުސާރައާ އެއްވަރު އަދަދެއްކަން އޭނަ ފާހަގަކުރި އެވެ.
އަދި ލަންކާގެ ޓެލެކޮމްތަކުން އެހެން ސަރަހައްދުތަކަށް ހިލޭ ގުޅޭ ގޮތްވެސް ހަމަޖެއްސީ ރާއްޖޭގެ ޓެލެކޮމް ނެޓްވޯކުތަކުން ލަންކާ އަށް ހިލޭ ގުޅޭ ގޮތް ހެދުމުންކަންވެސް އޭނާ ފާހަގަކުރި އެވެ.
އޭނާގެ އެ ޕޯސްޓާ އެކު ލަންކާ މީހުން ވެސް ވަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓުކޮށްފަ އެވެ. ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ހަނދާން ނުނެތޭނެ ކަމަށްވެސް ލަންކާ މީހުން ބުންޏެވެ.
ލަންކާ އަށް އެހީވާން ދިވެހިން ކުރަމުންދާ މަސައްކަތް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލަންކާގެ ރައްޔިތުން ދަނީ ޝުކުރު އަދާކުރަމުންނެވެ.
ދިވެހިން ލަންކާއަށް ދޭން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2