އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާގައި މަސައްކަތްކުރަމުން ގެންދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާކޮށްފައިވާ ލަމްހާ އަބްދުއްރަހުމާން އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ލަމްހާ އަކީ އައިޖީއެމްއެޗްގެ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ފިރިމީހާ މާވިން އެސްވައި ގްރޭސް ވެސް މަސައްކަތްކުރަނީ އެ ޑިޕާޓްމަންޓްގަ އެވެ. ލަމްހާ އާއި މާވިން އަކީ ދެ ލޯބިވެރިންނެވެ.
މޭރީ މަސައްކަތްކުރަނީ ޑައިލިސިސް ޑިޕާޓްމަންޓްގަ އެވެ.
މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް، ބަންދުން ދޫކޮށްލާ ގޮތް ގޯސްވެގެން މަތީ މަރުހަލާގެ ކޯޓުތަކުން ފާހަގަކުރި ނަމަވެސް ކޮންމެ ފަހަރަކު އޭނާ ދޫކޮށްލަ އެވެ.
އެ ކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައެއްގައި، މޭރީގެ މަރުގެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ފާއިޒު ސަސްޕެންޑްގައި ހުރުމުން، މައްސަލަ ހަވާލުކުރީ ގާޒީ އިބްރާހީމް ޒިހުނީ އެވެ. ޒިހުނީ މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާ އަލުން ބަންދުކުރުމަށް މިއަދު އަމުރު ނެރުނެވެ.
މި މައްސަލާގައި މޭރީ މަރާލުމުގެ ދައުވާ އުފުލާފައިވަނީ ފިރިމީހާ މާވިންގެ މައްޗަށެވެ.
ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.
އަނެއް ދެ ދައުވާ ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2