މާލޭގެ މޭޔަރު އާދަމް އާޒިމް ލ. އަތޮޅު ކައުންސިލްގެ އަހަރީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ؛ މާލެ ސިޓީ ކައުންސިލް
ރާއްޖެއަށް ތައާރަފުވެފައިވާ ލާމަރުކަޒީ ނިޒާމް ފުރައި ފުރިހަމަވެ ފައްކާ ވެގެން ދާއިރު، އެ ނިޒާމަށް އަންނަ ޖެހޭނެ ކަމަށް ދެކޭ އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކަށް އިގުތިސާދީ ބާރުވެރިކަން ލިބުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ލ. އަތޮޅު ކައުންސިލްގެ މި ހިނގާ ދައުރުގެ ހަތަރުވަނަ އަހަރު ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އާޒިމް ފާހަގަ ކުރެއްވި ކަމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ވެރިކަން ކުރަން ފެށުނީ 1970 ގެ އަހަރުތަކުގައި ކަމަށެވެ.
ގައުމުތަކުގައި މި ނިޒާމު ތައާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ތަރައްގީ ވަމުން ދިޔަ ގައުމުތަކުގައި މައި ސަރުކާރުގެ ދަށުގައި ހުރިހާ ބާރެއް އޮވެގެން ހިނގަމުން ދިއުމުން ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ފިކުރީ ގޮތުން ރައްޔިތުން އެދޭ ހަލުއި މިނުގައި ތަރައްގީ ވަމުން ނުދިއުމުން، ލާމަރުކަޒީ ނިޒާމަށް ބަދަލުކުރުމަށް އެ ގައުމުތަކުގެ ރައްޔިތުން ބާރުއަޅަން ފެށުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މީގެ ނަތީޖާ މި ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް. މީގެ ސަބަބުން މަދު އިޤުތިޞާދީ ވަޞީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫޢުތައް ހިންގަން ފެށުނު. ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ޚިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރުމުގެ ފުރުޞަތު ލިބުނު.މީގެ ސަބަބުން ކޮރޮޕްޝަންނަށް ހުޅުވިގެންދާ ދޮރުތައް މަދުކުރެވުނު. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދު ކުރެވޭގޮތް، ރައްޔިތުންނަށް ގާތުން ފެންނަން ފެށި" އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އުމުރުގެ ގޮތުންނާއި ޙަޟާރަތުގެ ގޮތުން ރާއްޖެ ކިތަންމެ ދޮށި ނަމަވެސް މަލްޓިޕާޓީ ޑިމޮކްރަސީ އުފަންވިތާ އަދި މިވަނީ 16 ވަރަކަށް އަހަރު ކަމަށާއި އުމުރުގެ ކިރިޔާ އަދި ތަސައްރަފު މި ފުދުނީ ކަމަށެވެ. އަދި ދުނިޔޭގައި މި ވަގުތު ވެރިކަން ކުރަމުންދާ 13 ނިޒާމުގެ ތެރެއިން އެންމެ ގިނަ ގައުމުތަކުގައި ވެރިކަން ކުރަމުންދާ ނިޒާމަކީ މަލްޓި ޕާޓީ ނިޒާމް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
"35% ގައުމުގައި ވެރިކަން ކުރަނީ މި ނިޒާމަށް. މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާ ހޯދައިގެން، ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދީގެން ވެރިކަން ކުރުމުގެ ނިޒާމު. " މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރު އާޒިމް ވިދާޅުވީ ރާއްޖޭގެ ވެރިކަން މަލްޓި ޕާޓީ ނިޒާމު ބަދަލުވެގެން އައި އިރު، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ނިޒާމުގެ ތެރެއިން އުފަންވި ލާމަރުކަޒީ ނިޒާމު ކަމަށާއި ލާމަރުކަޒީ ނިޒާމު ތަޢާރަފު ކުރެވުނީ މި ފަދަ ކޮންމެ ކަމެއް ވެސް އަލަށް ތައާރަފުވާ އިރު އުފެދޭ އަދި އުފެދޭނެ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގައުމުތައް ހިންގުމަކީ ނުވަތަ ރަށްތަކާއި ސިޓީތައް ހިންގުމަކީ ރާއްޖޭގައި ތަންކޮޅެއް ފަހުން ފެށި ކަމަކަށް ވިޔަސް ދުނިޔޭގައި މި ނިޒާމަށް ވެރިކަން ކުރަމުން އަންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0