ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް މަރުގެ އިންޒާރެއް ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މަހުފޫޒަށް އިންޒާރު ދީފައިވަނީ ޖާނަލިސްޓް ގާސިމް ކިޔާ އެކައުންޓަކުން އެކްސްގައެވެ. އެ އައިޑީ އިން އެކްސްގައި ވަނީ މަހުފޫޒު ސައީދަށް ޓެގްކޮށް ވަޅިއެއް ޖަހަންވީތޯ އަހާފައެވެ.
މި އިންޒާރު ހިއްސާކޮށް މަހުފޫޒު އެކްސްގައި ވިދާޅުވީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރައްވާ ކަމަށެވެ. ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ވުމާއެކު އެފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، 2015 ވަނަ އަހަރުގައިި މަހުފޫޒަށް ވަނީ ބޮލަށް ވަޅިން ހަަމަލާދީފައެވެ.
އެ މައްސަލައިގައި ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ. އަދި 2022 ވަނަ އަހަރު އޭނާއަށް ހަމަލާދިނީ ކޮންބައެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
މަހްފޫޒަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއް ގޮތުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ. މި ވަގުތު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މަހުފޫޒު ވަނީ ރާއްޖޭގެ ބޮޑެތި ދުސްތޫރީ މައްސަލަތަކުގައި ވެސް ވަކާލާތުކުރައްވައިފަ އެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ދުސްތޫރީ މައްސަލާގައި ވެސް، ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ކޯޓަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނާ އެކު ވެސް މަސައްކަތް ކުރެއްވީ މަހުފޫޒެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ނިންމުން ބާތިލްކުރަން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މަހުފޫޒު ވަނީ އިލެކްޝަންސް ކޮމިޝަން ތަމްސީލްކުރައްވައި ސުޕްރީމް ކޯޓުގައި ވަކާލާތުކުރައްވައިފަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0