ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045: އެންމެނަށް ފާގަތިކަން"، އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ބާއްވާ ކުރިމަގު ސައްލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ނެކްސިއާ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުޅުވާލާފައިވާ އިރު މާލޭގައި 2 ބައްދަލުވުމެއް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިތުރުން ވިލިމާލޭގައި ބައްދަލުވުންތައް ބޭއްވުމަށް ނެކްސިއާ އިން ވަނީ ރާވާފައި އެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަނިވި ދުވަސްތަކުގައި އެވެ.
ނެކްސިއާ އިން މައުލޫމާތު ދޭ ގޮތުގައި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގައި ގުރޫޕް ހަރަކާތްތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން، ގުރޫޕްތަކަކަށް ބަހައިގެން ބައިވެރިން ކުރާ މަސައްކަތްތަކުން މައުލޫމާތު އެއްކުރެވޭނެ އެވެ.
ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ބާއްވަ މި ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ގައުމާ މެދު ކުރާ ތަސައްވުރުތައް ދެނެގަނެވޭނެ އެވެ. އަދި 2045 ވަނަ އަހަރު އަންނަ އިރު ބައިވެރިންގެ ނަޒަރުގައި އެކި ދާއިރާތައް ކުރިއަރައިގެން ދާނެ ގޮތް ހޯދޭނެ އެވެ. މިގޮތުން ތައުލީމު އުގެނުން، ސިއްހަތު، އިގުތިސާދު، ތިމާވެށި، އުމުރާނީ ތަރައްގީ، ދަތުރުފަތުރާއި ގުޅުންތައް ފަދަ ދާއިރާތައް އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ ދެނެގަނެވޭނެ އެވެ.
ކުރިމަގު ސައްލާގެ މި ބައްދަލުވުންތައް ކާމިޔާބު ކަމާއި އެކު މިހާތަނަށް ރާއްޖޭގެ 100 ރަށެއްގައި ނެކްސިއާގެ ޓީމުތަކުން ވަނީ ބާއްވާފައި އެވެ. އަދި ތަފާތު ދާއިރާތަކާއި އުމުރުފުރާތަކަށް ނިސްބަތްވާ ފާރާތްތަކުން މި ބައްދަލުންވުންތަކުގައި ބައިވެރިވެ ވަނީ ގިނަ ހިޔާލުތައް ހުށަހަޅާފަ އެވެ.
ނެކްސިއާ މޯލްޑިވްސް އިން ބުނާ ގޮތުގައި މިހާރުވެސް އެ ކުންފުނީގެ ޓީމުތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުރިއަށްއޮތް ހަތަރު ހަފުތާގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ބައްދަލުންވުންތައް ބާއްވާ ނިންމާލެވޭނެ ކަމަށް ނެކްސިއާއިން ފާހަގަކުރެ އެވެ.
ކުރިމަގު ސައްލާގެ އިތުރުން ގައުމީ ތަރައްގީގެ ޕްލޭންގައި އެކި އެކި ގޮތް ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތުތައް ނެކްސިއާ އިން ވަނީ ހުޅުވާލާފައި އެވެ.
އެގޮތުން، އޮންލައިން ސާވޭގައި ބައިވެރިވުމާއި، އިލްމީ ލިޔުންތަކާއި ހިޔާލު ހުށެހެޅުމަށް ނެކްސިއާއިން ވަނީ ހުޅުވާލާފައި އެވެ. އަދި ހުށަހެޅޭ ފެންވަރު ރަގަޅު ދިރާސީ ލިޔުންތައް ތަރައްގީގެ ޕްލޭނާ އެކު ޝާއިއުކުރެވޭނެ ކަމުގައި އެ ފަރާތުން ފާހަގަކުރެ އެވެ.
ފިނޭންސް އެންޑް ޕްލޭނިން އިން ނެކްސިއާ މޯލްޑިވްސް އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލުމަށް ހަމަޖެހިފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2