ރައީސް މުހައްމަދު މުއިއްޒު މ. މުއްޔަށް ވަޑައިގެން - ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ 300އަށް ވުރެ ގިނަ މަޝްރޫއުގައި ސަރުކާރުން ސޮއިކުރުމަށް ތައްޔާރު ވަމުންއަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މުލީގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވިީ ކުރީ ސަރުކާރުގައި ފަށާފައި ހުއްޓިފައިވާ ގިނަ މަޝްރޫއުތަކެއް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ވަރަށް ގާތުން ސަރުކާރުގެ ހުރިހާ އިދާރާއަކުން ގުޅިގެން މި މަސައްކަތްތައް މި ތަރުތީބު ކުރަނީ، އަވަހަށް ފެށުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ގާއިމްވެފައި ނުވަތަ މޮބިލައިޒްވެފައި އޮތް ކުންފުނިތަކާ އެ ރަށެއްގެ މަޝްރޫއުތައް ހަވާލުކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތަށް މަސައްކަތް ކުރައްވަނީ ޚަރަދު ކުޑަކުރެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ ހުއްޓިފައި ހުރި އިތުރު 20 މަޝްރޫއެއްގައިވެސް، އަމިއްލަ ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، ސަރުކާރުން ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށެވެ.
"ފެބްރުއަރީ 2025 އިން ފެށިގެން ކުރިއަށް އޮތް ދެ މަހާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލުކުރާނަން. އަދި މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް،" ރައީސް ވިދާޅުވި ައެވެ.
300 އެއްހާ މަޝްރޫއުގައި ސޮއި ކުރުމަށް ތައްޔާރު ވަމުން އަންނައިރު މިހާރު ވެސް 390 މަޝްރޫއެއްގައި މި އަހަރު ވަނީ ސޮއި ކޮށްފަ އެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0