ގެދޮރުވެރި ވަޒީރު މުއްތަލިބު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ގޮތުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ލިސްޓަށް ފްލެޓު ދޭން މި ސަރުކާރުން ނިންމައި އެ ކަން އިއުލާންކޮށްފި އެވެ.
މި ކަން އިއުލާން ކުރެއްވީ ގެދޮރުވެރި ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ކުރީގެ ސަރުކާރުގެ ލިސްޓަށް ބެލި ނަމަވެސް މާލޭގައި މެދުކެނޑުމެއް ނެތި 15 އަހަރު ދިރިއުޅުނު ކަމަށް ބުނާ ޝަރުތު ހަމަނުވާ ކަން ކަނޑައެޅިގެން ސާބިތުވާ މީހުން ޝަރީއަތް މެދުވެރިވެގެން ފްލެޓުން އުނިކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުގައި އިއުލާނު ކުރި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓު ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ސެޕްޓެމްބަރު މަހު ނެރެފަ އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހުންނަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް ވަޒީރު މުއްތަލިބް ވިދާޅުވި އެވެ. ޝަރުތު ހަމަނުވާ ކަމަށް އޮތީ ކިތައް މީހުން ކަން ވިދާޅެއް ނުވެ އެވެ.
އޭގެ އިތުރުން 391 ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ އެއިން ފްލެޓް ލިބޭނީ ކޮންމެ ވެސް އެކަކަށް ކަމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓް ލިބުނު ކަމަށް 302 މީހަކު ފާހަގަވެފައިވެ އެވެ. އެއީ ވެސް ލިސްޓުން އުނިކުރާނެ ބަޔެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0