ރާއްޖޭގެ ސްކޫލްތަކުގައި އޮތީ މުބާރާތްތައް ކަމަށް އަދި ހޯމް ސްކޫލިން ތައާރަފްކުރަން ޖެހިފައިވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ރާޝިދާ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ސްކޫލްތަކުގައި މިހާރު ނުލިބޭ ކަމަށެވެ.
"އެކްސްޓާ އެކްޓިވިޓީސްތައް ވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތަކަށް ވެއްޖެ. މިހާރު ސްކޫލުތަކުގައި ހުސް މުބާރާތްތައް އޮންނަހެން ހީވަނީ،" ރާޝިދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިކުނޑި ބޭނުންކޮށްގެން ވިސްނައި ފިކުރުކޮށްގެން ކަންކަން ދަސްކުރަން މިހާރު ކުދިން ބޭނުން ނުވާ ކަމަށާއި، ކުދިން ކިޔަވަނީ ހިތުދަސްކޮށްގެން ކަމަށާއި ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރާއި ޓިއުޝަނުން ކަމަށެވެ. ރާޝިދާ ވިދާޅުވި ގޮތުގައި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދޭ ޕްރޮޖެކްޓުތަކާއި އެސައިންޓްމެންޓްތައް ވެސް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށެވެ.
މިހާރު ގްރޭޑް 12 ނިންމައިގެން ނިކުންނަ ދަރިވަރުންނަށް ސިޓީއެއް ލިޔަން ނޭނގުމާއި ދިވެހިން ވާހަކަ ދައްކަން ވެސް ނޭނގޭ ކަމަށް ވިދާޅުވެ ރާޝިދާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ސްކޫލް ނިިމިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި އެހެން މީހުންނަށް އިހްތިރާމްކުރުމުގެ އާދަވެސް މިހާރު ނެތް ކަމަށެވެ. ރާޝިދާ އެދިވަޑައިގަތީ ގާނޫނަކަށް ފައްތައިގެން ވިޔަސް ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
23 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2