ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައިވާ ވެލާ ކަހަނބުގެ ބާވަތެއް ކަމަށްވާ ހޯކްސް ބިލް ކަހަނބު ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް އަނބުރާ ދޫކޮށްލައިފި އެވެ.
ކުޅުދުއްފުށީ މަށި ކުޅިއަށް ކަހަނބު ދޫކުރާތީވެ އެ ކަންބޮޑުވުން އާއްމުންގެ ސަމާލުކަމަށް ގެނައީ ސިކްސެންސެސް ކަނުހުރާގައި މަސައްކަތްކުރާ ސީ ޓާޓުލް ބަޔޮލިޖިސްޓް އާދަމް އާތިފް މުހައްމަދެވެ.
ފޭސްބުކްގައި އާތިފް ވަނީ ކުޅިއަށް ދިރޭ ކޮންމެ އެއްޗެއް، ހާއްސަކޮށް ކަނޑުގައި އުޅޭ ދިރުންތައް ދޫކުރުން ހުއްޓާލައިދޭން އެދި ޕޯސްޓެއް ކޮށްފަ އެވެ. އޭނާ ބުނީ ކުޅިއަށް ވެލާގެ އިތުރުން ވެނާއި އެހެނިހެން ކަނޑުގެ ދިރުންތައް ވެސް އަޅަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
ކުޅުދުއްުފުށީ ކައުންސިލުން ވަނީ ކަހަނބު ގުދުރަތީ މާހައުލަށް އަނބުރާ ގެންދިޔުމުގައި އެ ސިޓީގެ ޕޮލިސްގެ ފަރާތުން ލިބުނި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
''ކުޅިތަކާއި ޗަސްބިންތަކަކީ ނާޒުކު އަދި ހާއްސަ މާހައުލުތަކަކަށް ވާތީ، އެ ތަންތަން އޭގެ ގުދުރަތީ ގޮތަށް ބެހެއްޓުމަކީ މުހިންމުކަމެއް. މިފަދަ މާހައުލުތަކުގައި ގުދުރަތީ ގޮތުން ނޫޅޭ، ދިރުންތައް އެތަނަށް ދޫކުރުމަކީ، މާހައުލުގެ ގުދުރަތީ ސިފަތައް ގެއްލި، އެ ދޫކުރެވޭ ދިރުންތަކަށާއި މުޅި މާހައުލަށް ވެސް ގެއްލުންވެދާނެ ކަމެއް'' ކައުންސިލުން ބުންޏެވެ.
އެހެންކަމުން، ކަނޑުގެ ދިރުންތަކާއި ކޯރުމަސް، އެކުއެރިއަމް ގަސްފަދަ ދިރުންތައް ކުޅިތަކަށް ދޫނުކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
އަދި މަހަށް ކާންދިނުންފަދަ ކަންކަމަކީ ކުޅީގެ ގުދުރަތީ ނިޒާމަށް ބަދަލުއައިސް، ބަލިތަކާއި އަލްގަލް ބުލޫމް (ފެން ފެއްސަށްވުން) މަގުފަހިކޮށްދޭ ކަމެއްކަމުން އެ ކަމުންވެސް ދުރުހެލިވުމަށް ކައުންސިލުން ވަނީ ނަސޭހަތްދީފަ އެވެ.
0%
0%
0%
0%
0%
4 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
18 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2