ދިވެހި ކޮންމެ ކުޑަކުއްޖަކަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން މިއަދު "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ގޮތުން އެކަމަނާ ވިދާޅުވީ ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުން ކަމަށާއި އެކުދިންނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއް ކަމަށެވެ.
މިއަދަކީ ކުޑަކުދިންގެ ދުވަސް ކަމަށްވުމާއެކު، މިދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފެސްޓިވަލުގައި ރައީސް މުޢިއްޒުއާއި މެޑަމް ސާޖިދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ދެކަނބަލުންނަށްް މަރުހަބާ ދެންނެވުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު އިސްމާޢިލް ޝަފީޢުއާއި، އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ސްކޫލްތަކުގެ ޕްރިންސިޕަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒުއާއި ފަސްޓް ލޭޑީ ސާޖިދާ ވަނީ އެ ފެސްޓިވަލުގެ އެކިއެކި ސްޓޯލުތަކަށް ޒިޔާރަތް ކުރައްވައި، ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ބައްލަވާލައްވާފައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0