ކެޔޮދޫގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވަނީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މި މަޝްރޫޢަކީ، ކެޔޮދޫގެ ތަރައްޤީއާއި ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، ރަށުގެ ޞިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ހިމެނެނީ ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމްކުރުމުގެ އެއްބަސްވުމާއި، ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމެވެ.
އަލަށް ޤާއިމުކުރެވޭ ޞިއްޙީ މަރުކަޒުގައި 20 އެނދު ހިމެނޭނެ ކަމަށާއި، އިތުރު ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަލަށް އެޅޭ ސްކޫލް އިމާރާތުގައި ޖާގައާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މިހާރު ހުރި ސްކޫލްގެ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާ ރަށެއްގެ ގޮތުގައި ކެޔޮދޫ ފާހަގަކުރައްވައި، އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން އެރަށުގައި ޑޮލަރު އޭޓީއެމެއް ބެހެއްޓޭނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާވެސް އަޅުއްވާފައިވެއެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0