ކީސްޓޭޖް 4ގެ ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓް އެކުލަވާލަނީ

Key stage 4 ge foih thakuge digital content ekulavaalanee

ހަބަރު

ކީ-ސްޓޭޖް-4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓް އެކުލަވާލުމުގެ އަމަލީ މަސައްކަތް މި އަހަރު ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. 

މި އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތާއި ގުޅުވައި މިނިސްޓަރު ދެއްވެވި ހިތޯބުގައި ވިދާޅުވެފައިވަނީ ކީ-ސްޓޭޖް-4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ތައުލީމީ ދާއިރާގައި އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި، ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މީގެ އިތުރުންވެސް މީގެ ކުރިން ކުރިއަށް ގެންދިޔަ އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ނެޝަނަލް އެސެސްމަންޓް ފޯ ލާރނިންގް އައުޓްކަމްސް(ނާލޯ) މިއަހަރުވެސް ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނާލޯ ޕްރޮގްރާމްގެ އެސެސްމަންޓް މީގެ ކުރިން  ކީ-ސްޓޭޖް 1 އަދި 2 ނިންމާ މަރުހަލާގައި ނެގިނަމަވެސް މިއަހަރު ދެވޭނީ ކީސްޓޭޖް 3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށްކަމަށް މިނިސްޓރ ވިދާޅުވިއެވެ. އަދި މިހާރު ވަނީ މި އެސެސްމަންޓް ދޭންޖެހުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިކަމަށްވެސް މިނިސްޓަރުގެ ޚިތޯބުގައި ވަނީ ވިދާޅުވެފައެވެ. 

އަދި މީގެ އިތުރުންވެސް މިއަހަރު އަލަށް ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލް އަގްވާމީ ލެވެލްގައި ބެންޗްމާރކް ކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.       

މިނިސްޓަރު ވިދާޅުވެފައިވަނީ މިއަހަރުގެ ތެރޭގައި މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖައާކޮށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ދަރިވަރުންނަސް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ވަނީ މިދިޔަ ދިރާސީ އަހަރުގައި އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަން ފާހަގަކުރައްވާފައެވެ. އަދި އަލަށް އޭލެވެލް ކިޔެވުމަށް ވަންނަ ދަރިވަރުންގެ އަދަދު 77 ޕަސަންޓަށް އިތުރުވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. 

މަތީ ސާނަވީއަށް ދަރިވަރުން އިތުރުވެގެން ދިއުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރެއްކަމަށާއި މި އަހަރުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން ލާނިންގެ ޕާތްވޭސްތަކާއިއެކު ފުޅާކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން "ކޫލް ސްކޫލް"ގެ ނަމުގައި ޕްރޮގްރާމެއް ދަރިވަރުންނަށް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިކަމަށާއި މި ޕްރޮގްރާމްގެ ދަށުން ސަރުކާރު ސްކޫލްތަކުގައި ހުރި 3740 ކުލާސްރޫމް މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.  

ތައުލީމީ ދާއިރާގެ ސިޔާސަތުތަކާއި ނިންމުއްތައް ނިންމާނީ ހެއްކާއި، ގަރީނާގެ މަށްޗަށް ބައްލަވާފައިކަމާއި، އާޓިފިޝިއަލް އިންޓަލިޖަންސާއި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްގީ ކުރެވިގެންދާ އާ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ މޮޑިއުލްތައް މި ފެށުނު ދިރާސީ އާ އަހަރުގައި ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.  

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

Fannuveri visnunthakaaeku ‘Kuriah’  launchkohfi

ފަންނުވެރި ވިސްނުންތަކާއެކު 'ކުރިއަށް' ލޯންޗުކޮށްފި

1

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0