ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓްކުރެވޭނެ އިގުތިސޯދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ކަނޑުއަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމެނުމުން ކުރީގެ އެންވަޔަރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ އިގުތިސޯދީ މަސައްކަތްތަކުގެ ލިސްޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ބަދަލު ގެންނަވައިފަ އެވެ. އެއާ އެކު، އެ ލިސްޓުގައި ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކާ އެކު ވަނީ ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް ހިމަނުއްވައިފަ އެވެ.
އެ ނިންމެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޝައުނާ އެކްސްގައި ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑިން މައިނިންގެ މަސައްކަތާއި ތެޔޮ ހޯދުމަށް މަގުފަހިވާ ގޮތަށް ގާނޫނީ ގޮތުން ބާރުދިނުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެއީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކަށް އޮތް ނުރައްކަލެއްކަމަށާއި،
އޭގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތައް ސުންނާފަތިވެ، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަަރު ކުރާނެ ކަމަށް ޝައުނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސްގެ ނިންމެވުމަކީ ދުރުވިސްނުމެއް ނެތި ނިންމަވާފައިވާ އޭގެ ސަބަބުން އިއާދަނުކުރެވޭނެ ފަދަ ގެއްލުން ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2