ފޮޓޯ: އެމްއެމްޕީއާރުސީ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އަނެއްކާ ވެސް އާ ރެކޯޑެއް ގާއިމްކޮށްފިއެވެ. އެއީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރުމެވެ.
މި ޝަރަފު ހޯދީ އިންޑިއާގެ ފަތުރުވެރިޔާ ކާޖަލް ސިންގްއެވެ.މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާމަކުރި ގޮތުގައި، ކާޖަލް ސިންގް ރާއްޖެއަށް ޒިޔާރަތްކުރީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ. އިންޑިގޯ އެއަރލައިންސްގެ ފްލައިޓަކުން މެންދުރު 12:55 ގައި ރާއްޖެއަށް ޒިޔާރަތްކުރި މި ދެ މެހެމާނުން، ޗުއްޓީ ހޭދަކުރަމުން ގެންދަނީ މަލަހިނި ކުޑަ ބަނޑޮހުގައެވެ.
މި ދެމީހުންނަަށް ވަނީ ހާއްސަ މަރުހަބާ ކިޔާފައެވެ. އެގޮތުން (ވީއައިއޭ)ގައި މިއަދު ހާއްސަ ހަފްލާއެއް ކުރިއަށް ގެންދިޔައެވެ. މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެމްއޭސީއެލްގެ އިތުރުން އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި ފަތުރުވެރިކަމުގެ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވީ، މިހާ ކުރީކޮޅު 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުމަކީ ބޭރު ގައުމުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ދިވެހީންެ މެހެމާންދާރީ ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލަކު އެވްރެޖްކޮށް 4,533 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއިން މި އަހަރު ރާއްޖެއަށް 56،429 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުންވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ކުރިއަށްދާ މަސައްކަތްތައް ކާމިޔާބު މަގެއްގައި ކުރިއަށްދާކަން މި ތަފާސްހިސާބުތަކުން ދައްކުވައިދެއެވެ.
ކޮންމެ އަަކަސް ކާޖަލް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުން ވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބީއެއް ހޯދައިދީފިއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0