އުމަރު ނަސީރު / ފޮޓޯ: އަދަދު
ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖެ ބަދަލުވިތާ 57 އަހަރު ފުރޭ އިރު އަދިވެސް ރަސްކަމުގެ ސިފަތައް ވެރިކަމުން ފެންނަކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއް ދިވެހިންނަނަށް ލިބުނުކަމީ ކުރިއެެރުމެއް ކަމަށެވެ. އަދި މިއަދު އަގު ކުރަން ނޭގޭ ވަރުގެ ހެޔޮ ބަދަލެއް ކަމަށެވެ. އަދިވެސް ގައުމުތައް ވަނީ ކޮންމެވެސް ސިފައެއްގައި ރަސްކަމުގެ ތެރޭ ބަދެވިފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.
''މިއަދުވެސް ރާއްޖޭގެ ރައީސް އަށާއި، އޭނާގެ ނައިބަށާއި ފަސްޓް ލޭޑީއަށް މިކުރެވޭ އިސްރާފުތަކާ، މި ދުއްވާ ބޮޑެތި މޮޓޯކޭޑް ތަކާ، ރައީސަށް ވަކި ހާއްސަ ދިދައަކާ ވަކި ރަށެއް އޮތުމަކީ ރަސްކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ވާރުތަވެފައި ހުރި ކުޑަ މިންވަރެއް'' އުމަރު ނަސީރު ވިދާޅުވި އެވެ.
ރާއްޖެ ޖުމްހޫރީއާ އެއް ގާއިމުކުރެވުނީ 11 ނޮވެމްބަރު 1968 ގަ އެވެ. ރައީސް އަމީންއާއި ރައީސް ނާސިރު ހިމެނޭހެން މިހާތަނަށް 8 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ދެން ރައީސްކަން ކުރައްވާފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2