ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވަޅުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްކުރުމަށްޓަކައި އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ޑްރެޖަރުތަކެއް ބޭނުންކުރަން ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން މިކަން ހާމަކުރެއްވިއިރު، އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ 2 ހޮޕަރ ޑްރެޖަރާއި، 11،000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ބޭނުންކުރަން ފެށޭނެކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅިފައިވާ މުހިންމު މަޝްރޫޢުތަކެއްކަމަށްވެސް އެޗްޑީސީން ފާހަގަކުރެއްވިއެވެ.
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުނިން، ގުޅީފަޅުގެ ދެވަނަ ފިޔަވަހީގައި 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް 120 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކުރައްވާފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ދަށުން "ބިންވެރިޔާ" މަޝްރޫޢުއަށް 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގިރާވަރުފަޅު ތަރައްޤީކުރަމުންދަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށާއި، އުތުރުތިލަފަޅަކީ ދަނޑުވެރިކަމުގެ ސިނާޢީ ރަށެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްކަން އެޗްޑީސީން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް އަވަސްކުރުމަށްޓަކައި 21،000 ކިއުބިކް މީޓަރުގެ ޑްރެޖަރެއް ގެނެސް މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުތައް ނިމުމުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0