ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންއަންނަ ނިރުބަވެރި ހަމަލާތަކުން ޣައްޒާގެ ރައްޔިތުން ސަލާމަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ޣައްޒާގެ ނަސްލު ނައްތާލައި، އެތަނަށް ގަދަބާރުން ވެރިވެގަތުމަށް އިޒްރޭލުން ދަނީ އެމީހުންގެ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިއަދު ވެސް އިޒްރޭލުން ވަނީ ޣައްޒާގެ 100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފަ އެވެ. އަދި ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފުޅާކޮށްފައިވާ ކަމަށް ވެސް ޔަހޫދީން ބުނެފައި ވެއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުން ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ހަމަނުޖެހުން އިތުރުވުން ހުއްޓުވުމަށާއި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުތަކުން ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ގޮވާލައްވާފަ އެވެ. އަދި ބައިނަލްއަގުވާމީ ޤާނޫނުތަކާއި އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ގޮވާލި ގޮވާލުން އަނެއްކާ ވެސް އެމަނިކުފާނު ތަކުރާރު ކުރައްވާފައިވެ އެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އެމީހުން ޖަވާބުދާރީ ކުރުވުމަށް ތަކުރާރުކޮށް ރައީސް މުޢިއްޒު ގޮވާލައްވާފައި ވެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0