މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) އިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އިޔެގެ ވަނީ އަރުވައިފައެވެ.
މި އޮނޮރަރީ ޑޮކްޓަރޭޓް ރައީސް މުޢިއްޒަށް އަރުވާފައިވަނީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އައި.އައި.ޔޫ.އެމް ސްޕެޝަލް ކޮންވޮކޭޝަން 2025 ގައެވެ. މި ޝަރަފު އެ މަނިކުފާނަށް އެރުވީ އައި.އައި.ޔޫ.އެމްގެ ދުސްތޫރީ ވެރިޔާ، ހަރ ރޯޔަލް ހައިނެސް ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާއެވެ.
މި ޚާއްސަ ރަސްމިއްޔާތުގައި އައި.އައި.ޔޫ.އެމްގެ ރެކްޓަރ، ޕްރޮފެސަރ އެމެރިޓަސް ދާޓުކް ޑޮކްޓަރ އުސްމާން ބަކަރު ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒުގެ ޚިދުމަތްތަކުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރަސްމިއްޔާތު ފެށިގެން ގޮސްފައިވަނީ ދިވެހިރާއްޖެއާއި މެލޭޝިއާގެ ޤައުމީ ސަލާމުންނެވެ.
މި ޝަރަފު ޤަބޫލުފުޅުކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގް ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫޢަށް ތަޤުރީރެއް ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި އަރިހުގައި ވަޑައިގެންނެވި ކެބިނެޓް މިނިސްޓަރުންނާއި ވަފުދުގެ އެހެނިހެން މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0