އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ ދެ ދަންފަޅިއަށް ހިންގުމަށް ނިންމައިފިވާކަމައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހެން ރައީސް ިވިދާޅުވީ އިއްޔެގަ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިއަކު ކުރިސުވާލައް ޖަވާބު ދެއްވަމުންއެވެ. މިއީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދިގުވަމުންދާ ކިޔުތަކަށް ޙައްލެއް ހޯދުމަށް އަޅާ ފިޔަވަޅެކެވެ.
މިހާރު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދުމަށް އެއް އަހަރަށްވުރެ ގިނަ ދުވަސް ނަގާ ކަމަށް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ނުލިބި ލަސްވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އޯ.ޕީ.ޑީ ދެ ދަންފަޅިއަށް ހިންގަން ފެށުމުން ކިޔު "ވަރަށް ބޮޑުތަނުން" ކުޑަވެގެންދާނެއެވެ. އަދި ޖީ.ޕީ ކްލިނިކް ފެށުމުން އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ލުޔެއް ހޯދައިދިނުމަށް ހެލްޕްލައިން ޚިދުމަތް ވެސް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރެވިގެންދާއިރު އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމައްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0