ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް އެހިދުމަތްތައް ފޯރުކޮށްދޭން ފައްޓައިފި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި 2 ހިދުމަތް ފެށިގެން މިދިޔައީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމާއެކުގަ އެވެ. އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، އދ. މަހިބަދޫގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ގާއިމުކޮށް ނިންމެވީ ހުސްވި ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ، ފެލިދެއޮތޮޅު ފެލިދޫގައި އައިޑީ ކާޑުގެ ހިދުމަތް ގާއިމުވެގެންދިއުމާއެކުގަ އެވެ.
މިފަދަ ހިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަގސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ހިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފަ އެވެ.
މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހިދުމަތް ރޭ ފެއްޓެވުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒުކޮށް ނިމުނީ އެވެ. މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.
ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޛުކޮށް ނިމުން ފާހަގަކުރުމުގެ ގޮތުން، މިރޭގެ ޖަލްސާގައި، ރައީސަށް ހަނދާނީ ފިލައެއް އެރުވުންވެސް އޮތެވެ. ރައީސަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ވަޒީރު، އިހުސާން އެވެ.
0%
0%
0%
0%
0%
1 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0