ހުޅުމާލެ ފޭސް އެކަކުން ފޭސް ދޭކަށް ދާން އޮންނަ ބްރިޖާ ދިމާއިން މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ޝަންހުއާ
ހުޅުމާލޭގެ ސާފުތާހިރުކަމާ މެދު މީހުންގެ ހިތްހަމަޖެހުން އޮތް ވަރު ބެލުމަށް އޮންލައިން ސާވޭއެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
މިއީ މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ގެންދާ ސާވޭ އެކެވެ. އެ ގޮތުން އޮންލައިން ފޯމެއް ފުރުމަށް އެ ކުންފުނިން އެދިފައިވެ އެވެ. އަދި އެ ފޯމުގެ ލިންކް އެޗްޑީސީގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ޕޯސްޓްކޮށްފައިވެ އެވެ.
އެ ފޯމުގައި ހުރި ފާހަގަކޮށްލެވޭ ބައެއް ސުވާލުތަކަކީ ހުޅުމާލޭގެ އާންމު ތަންތަނާއި ޕާކުތައް ބޭނުން ކުރާ ނިސްބަތާއި އެ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓޭ ވަރާ މެދު ހިތްހަމަޖެހުން އޮތް ވަރެވެ.
ޕާކުތަކާއި އާންމު ތަންތަނުގެ އިތުރުން ފަޅުތަކާއި ބީޗާއި، މަގުތަކާއި ޖެޓީ އޭރިއާ، ބަނދަރު އަދި ބަސް ސްޓޮޕްތައް ވެސް ބެލެހެއްޓޭ ވަރާއި ސާފުތާހިރު ކަން ހުންނަ ވަރާ މެދު ހިތްހަމަޖެހުން ހުރި ވަރު ވެސް އަހަ އެވެ.
ދުއްވާ އުޅަނދު ފަހަރު ޕާކް ކުރަން ޖާގަ ހުރި ނިސްބަތާ މެދު ހިތްހަމަޖެހޭ ވަރު ވެސް އަހަ އެވެ. ރަށުގެ ފެހިކަން ހުރި ނިސްބަތާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމައްޗާއި ތަންތަން ބޭނުންކުރެވޭ ގޮތް އޮތް ގޮތާ މެދު ވެސް ސާވޭ ފޯމުގައި ސުވާލުތަކެއް ހުއްޓެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2